ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެސިސްޓެންޓް ރެޖިސްޓްރޭޝަން އޮފިސަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
||
މުސާރަ: |
މަހަކު -/4465 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
||
އޮފީސް: |
މިނިސްޓްރީ އޮފް ޓޫރިޒަމް |
ޑިވިޜަން: |
-- |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ |
ސެކްޝަން |
ކޮލިޓީ އެޝުއަރަންސް އެންޑް ރެޖިސްޓްރޭޝަން |
||
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
މަޤާމުގެ ޝަރުޠު: |
1. ޓޫރިޒަމް މެނޭޖްމަންޓް ނުވަތަ ހޮސްޕިޓަލިޓީ ނުވަތަ ހޮޓެލް މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު: |
ފަތުރުވެރިންނަށް ޚިދުމަތްދޭ ރިޒޯޓާއި، ހޮޓަލާއި، ގެސްޓް ހައުސްއާއި، ޓޫރިސްޓް އުޅަނދުފަހަރާއި، ފީނުމާބެހޭ މަރުކަޒާއި، ޓްރެވެލް އެޖެންސީއާއި، ޔޮޓް މެރީނާ، މި މިނިސްޓްރީގައި ރަޖިސްޓްރީކުރުމަށް ހުއްދަ ދޫކުރުމާއި، ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ލިބިދޭ ޚިދުމަތާއި ތަނުގެ ފެންވަރު ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި، އިންސްޕެކްޓްކޮށް ރިޕޯޓު ތައްޔާރުކުރުން. |
އުޖޫރައާއި ޢިނާޔަތްތައް: |
މުސާރައާއި، ސަރވިސް އެލަވަންސާއި، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސް. |
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް: |
1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 2. ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި، އޮޓޯކޭޑް ޕްރޮގްރާމް ދަންނަ މީހެއްކަމުގައިވުން. 3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން. 4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން. 5. އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން. 6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ www.tourism.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) ނޯޓް: ރައްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލެޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
ސުންގަޑި: |
މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ޑިސެންބަރު 21 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މި މިނިސްޓްރީ (ވެލާނާގޭގެ 5 ވަނަ ފަންގިފިލާ) އަށް ހުށަހެޅުން އެދެން. |
އިންޓަވިއު: |
- މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރުން ހަމަޖެހިފައިވަނީ، ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި މި މިނިސްޓްރީގެ މީޓިންގ ރޫމުގައެވެ. - އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަހުގެ ކުރިން އިންޓަވިއުއަށް އަންނަންވީ ވަގުތު އެންގޭނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި މިނިސްޓްރީގެ 3022200 ނަންބަރު ފޯނަށް، ނުވަތަ 3022225 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ. |
8 ރަބީޢުލްއައްވަލް 1438 |