ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތްގާޑިޔާ ހޯދަން

މި އިދާރާގެ ނަންބަރު (IUL)416-ESMED/416/2016/81 (28 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށް އަގެއް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

އަތްގާޑިޔާ ހޯދަން ބޭނުންވެއްޖެ

މި އިދާރާއަށް 2 އަތްގާޑިޔާ އަމިއްލަ ތަކެތީގައި ހަދައި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ހުށަހަޅަންވީ ތަކެތި:

  • ހުށަހަޅާ އަގު / އަންދާސީހިސާބު (2 އަތްގާޑިޔާ ވިއްކޭނެ އަގު)؛  އަގު ހުށަހަޅުއްވާއިރު؛ ރަށާ ހަމަޔަށް (ގދ.މަޑަވެލީ ޖެޓީއާ ހަމަޔަށް) ގެނެސްދިނުން، އަދި މަޑަވެލި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ގާޑިޔާ ތައްޔާރުކުރުމަށް ހިނގާނެ އެންމެހައި ޚަރަދާއި، އެންމެހައި ޓެކްސްތަކާއި ޗާޖުތައް ހިމަނަންވާނެއެވެ.
  • ސަޕްލައިކޮށްދޭނޭ މުއްދަތު؛ މުއްދަތު ހުށަހަޅުއްވާނީ ދުވަހުންނެވެ. ރަށުން ބޭރުން ހޯދާ ސާމާނެއް، މުދަލެއް ނުވަތަ ޚިދުމަތެއްނަމަ، އެކަމަށް ދުވަސް ހިމަނުއްވައިގެން މުއްދަތު ހުށަހެޅުއްވުން އެދެމެވެ.
  • ހުށަހަޅާ ފަރާތުގެ މަޢުލޫމާތު؛  ޕްރޮފައިލް، ރަޖިސްޓަރޭޝަނުގެ ކޮޕީ އަދި ތަޖުރިބާގެ ލިޔުންތައް.

އަންދާސީހިސާބު އިވެލުއޭޓްކުރެވޭނެ ގޮތުގެ ތަފުސީލު:

* އަގަށް:   85 ޕޮއިންޓް (އެންމެ އަގުހެޔޮ ފަރާތަކަށް ގިނަ މާކުސް ލިބޭ އުސޫލުން)

* މުއްދަތަށް: 10 ޕޮއިންޓް (އެންމެ ކުރު މުއްދަތަށް ގިނަ މާކުސް)

* ތަޖުރިބާ: 5 ޕޮއިންޓް

ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި އިދާރާއަށް 2 އަތްގާޑިޔާ ވިއްކަން ނުވަތަ އަމިއްލަ ތަކެތީގައި 2 އަތްގާޑިޔާ ހަދައި ފޯރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބު ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، ރަސްމީ ގަޑީގައި 6840006 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

05 ޑިސެންބަރު 2016
ހޯދާ