ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫޓަރު ގާޑިޔާ ގަންނަން

މި އިދާރާގެ ނަންބަރު (IUL)416-ESMED/416/2016/83 (28 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށް އަގެއް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ސްކޫޓަރު ގާޑިޔާ ގަންނަން ބޭނުންވެއްޖެ

މި އިދާރާއަށް ޑަސްބިން ނުވަތަ އެންކްލޯޒްޑް ކޮށިގަނޑު ހަރުކުރި ވައްތަރުގެ 0.8 ޓަނުގެ ބެޓްރީ ޕަވަރޑް 1 ސްކޫޓަރު ގާޑިޔާއާއި، އާދައިގެ ތަށިގަނޑު ހަރުކުރި ފަހަތުގެ ތަށިހިއްލޭ ވައްތަރުގެ 0.8 ޓަނުގެ ބެޓްރީ ޕަވަރޑް 1 ސްކޫޓަރު ގާޑިޔާއާއެކު ޖުމްލަ 2 ސްކޫޓަރު ގާޑިޔާ ގަންނަން ބޭނުންވެއްޖެއެވެ.

ހުށަހަޅަންވީ ތަކެތި:

  • ހުށަހަޅާ އަގު / އަންދާސީހިސާބު (2 ސްކޫޓަރު ގާޑިޔާ ވިއްކޭނެ އަގު)؛  އަގު ހުށަހަޅުއްވާއިރު؛ ރޯޑްވާރދިނަސް ހެދުމާއި، ރަޖިސްޓަރީކޮށްދިނުމާއި، އަހަރީފީއާއި ނަންބަރުޕްލޭޓް ހަދައިދިނުން، ރަށާ ހަމަޔަށް (ގދ.މަޑަވެލީ ޖެޓީއާ ހަމަޔަށް) ގެނެސްދިނުން، އަދި އެންމެހައި ޓެކްސްތަކާއި ޗާޖުތައް ހިމަނަންވާނެއެވެ.
  • ސަޕްލައިކޮށްދޭނޭ މުއްދަތު؛ މުއްދަތު ހުށަހަޅުއްވާނީ ދުވަހުންނެވެ.
  • ކުންފުނީގެ މަޢުލޫމާތު؛  ޕްރޮފައިލް، ރަޖިސްޓަރޭޝަނުގެ ކޮޕީ އަދި ތަޖުރިބާގެ ލިޔުންތައް.
  • ވޮރެންޓީ ލިޔުން؛ އަދި ޓެކްނިކަލް ސްޕެސިފިކޭޝަން

އަންދާސީހިސާބު އިވެލުއޭޓްކުރެވޭނެ ގޮތުގެ ތަފުސީލު:

* އަގަށް:   70 ޕޮއިންޓް (އެންމެ އަގުހެޔޮ ފަރާތަކަށް ގިނަ މާކުސް ލިބޭ އުސޫލުން)

* މުއްދަތަށް: 10 ޕޮއިންޓް (އެންމެ ކުރު މުއްދަތަށް ގިނަ މާކުސް)

* ތަޖުރިބާ: 10 ޕޮއިންޓް (މިފަދަ ތަކެތި ސަޕްލައިކޮށްފައިވާނަމަ، މަސައްކަތްކުރިކަމުގެ ލިޔުންތަކަށް)

* ވޮރެންޓީ: 10 ޕޮއިންޓް (އެންމެ ދިގު މުއްދަތަށް ވޮރެންޓީ ހުށަހަޅާ ފަރާތަށް ގިނަ މާކުސް ލިބޭ ގޮތަށް)

ވީމާ، މި އިދާރާއަށް ސްކޫޓަރު ގާޑިޔާ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބު ބަލައިނުގަންނަ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، ރަސްމީ ގަޑީގައި 6840006 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

05 ޑިސެންބަރު 2016
ހޯދާ