މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ނަންބަރު (IUL)459-HRM/1/2016/214 އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމު

ޑިރެކްޓަރ

އޮފީސް

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ބޭނުންވާ އަދަދު

 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

މަޤާމުގެ ރޭންކް: EX 1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން/މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ތަޢުލީމާއި ތަޖުރިބާ

1. ހިއުމަން ރިސޯސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2 ހިއުމަން ރިސޯސް މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. ހިއުމަން ރިސޯސް މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުގެ އެންމެހައި މަސައްކަތްތައްް ރާވައި ހިންގައި ބެލެހެއްޓުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަޒީފާއަށް އަހުލުވެރިކުރުވުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ މުވައްޒަފުންގެ ހާޒިރީ އާއި ޗުއްޓީއާއި އިތުރުގަޑިއާއި އެހެނިހެން އެލަވަންސްތައް ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • މިނިސްޓްރީގެ މުވައްޒަފުންގެ ރެކޯޑްތަކާއި، ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތަކާއި، ރެކޯޑް ފައިލުތައް ގަވާއިދުން ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  • މިނިސްޓްރީގެ މުވައްޒަފުން އިޞްލާޙްކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި އެކަންކަމުގެ ރެކޯޑުތައް ބެލެހެއްޓުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ މުވައްޒަފުންގެ އޮފީސް ކާޑު ހެދުމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ މުވައްޒަފުންނަށް ދޭން ނިންމާ އެކިއެކި އެލަވަންސްތަކާ ގުޅޭގޮތުން ހަދަންޖެހޭ އިޤްރާރުތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން.
  •  މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހުރިހާ ތަންތަނުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމުގެ އެންމެހައި ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ ބޭނުމަށް ވަގުތީގޮތުން ލައްވަންޖެހޭ މީހުން ލެއްވުމުގެ އިންތިޒާމްތައް ހަމަޖައްސައި، އެކަންކަން ހިންގައި ބެލެހެއްޓުމާއި، ވަގުތީ މުވައްޒަފުންނާއި ކޮންޓްރެކްޓުގައި ތިބި މުވައްޒަފުންގެ ރެކޯޑްތައް ބެލެހެއްޓުން.
  • މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަންތަނުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މިޑްއިޔަރ ރިވިއު ހެދުމާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  • އޮފީހުގެ ޑިޕާޓްމަންޓްތަކާއި ޑިވިޜަންތަކާއި ސެކްޝަންތަކުގެ މަޝްވަރާއާއެކު މުޅި އޮފީހުގެ ޓްރޭނިންގ ރިކުއަރމަންޓް ތައްޔާރުކުރުމާއި، އެ ރިކުއަރމަންޓާ އެއްގޮތަށް މުވައްޒަފުން ތަމްރީންކުރުމާއި، ތަރައްޤީކުރުމުގެ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • އޮފީހުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތަޢުލީމީ ފެންވަރު ހިމެނޭ ރަޖިސްޓަރީއެއް ޤާއިމްކޮށް، އެ ރެޖިސްޓްރީ ގަވާއިދުން ބެލެހެއްޓުން.
  • އޮފީހުގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ސިވިލް ސަރވިސް އިންސްޓިޓިއުޓުންނާއި އެހެނިހެން ގޮތްގޮތުން އޮފީހަށް ލިބޭ ތަމްރީން ކޯސްތަކުގައި މުވައްޒަފުން ބައިވެރިކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • ރާއްޖެއިން ބޭރުގައި މީހުން ބިނާކުރުމަށް ފުރުޞަތު ލިބޭ ކުރު މުއްދަތުގެ ކޯސްތަކަށް މުވައްޒަފުން ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  • ރާއްޖޭގައި ހިންގޭ ޚާއްޞަ، ކުރު މުއްދަތުގެ ތަމްރީން ކޯސްތަކާއި ޓްރޭނިންގްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  • އޮފީހުގެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސެމިނާރު، ވާރކްޝޮޕް، ލެކްޗަރތައް އިންތިޒާމުކުރުން.
  • ތަމްރީނު ކުރެވިފައިވާ މުވައްޒަފުންގެ އެންމެހައި ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުން.
  • އޮފީހުން އެކިއެކި ކޯސްތަކުގައި ބައިވެރިކުރާ ފަރާތްތައް ޤާނޫނާ އެއްގޮތަށް ބޮންޑުކުރުވުމާއި، އެފަރާތްތަކުން ފުރިހަމަކުރަމުންދާ ކޯސްތައް އެގޮތުގެމަތިން ފުރިހަމަކުރަމުން ގެންދޭތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އެޅުން.
  • މުވައްޒަފުންނާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.  
  • އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ އެންމެހައި ކަންތައްތައް ބަލަހައްޓައި އެޗްއާރއެމްޑީގެ ނިންމުންތައް ތަންފީޒުކުރުން.
  • ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގެ ދަށުން މުވައްޒަފުންނާބެހޭ އެންމެހައި ކަންކަމުގައި ތައްޔާރުކުރަންޖެހޭ އުސޫލުތައް ތައްޔާރުކުރުން.
  • އޮފީހުގައި އިންޓަރންޝިޕް ފުރިހަމަކުރުމަށް އެދޭ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައިދީ، ރެކޯޑްތައް ބެލެހެއްޓުން.
  • އޮފީހުގެ ލައިބްރަރީ ޤާއިމްކޮށް، ލައިބްރަރީއަށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ޚިދުމަތް ދެނެގަނެ، އެތަކެތި ހޯދައި ބެލެހެއްޓުން.
  • މިނިސްޓްރީއާއި މިނިސްޓްރީ ދަށުން ހިނގާ ތަންތަނުގެ އިދާރީ އޮނިގަނޑު މުރާޖަޢާކުރުމާއި، އައު އިދާރީ އޮނިގަނޑު ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން http://gender.gov.mv ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ގެ ވެސް ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާވާ ކޯސްތަކުގެ ކޮޕީ.

   3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން، ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)

   4. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

   5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

   6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

   7. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، މަޤާމްއާއި، ރޭންކާއި، ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ).

   8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން.  

ސުންގަޑި

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަންތަކާއި ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޑިސެންބަރު 20 ވާ އަންގާރަ ދުވަހުގެ 13:30 އެވެ. 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: 

- މި މަޤާމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނީ 2016 ޑިސެންބަރު މަހާއި 2017 ޖަނަވަރީ މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 7 އަށް ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި، އެކަންކަމަށް އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

- މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ. ޕްރެޒެންޓޭޝަނާއބެހޭ އިތުރު މަޢުލޫމާތުތައް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އީމެއިލްގެ ޒަރީއާއިން ހިއްސާ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނު ފަރާތްތައް.

- ދިވެހިބަހާއި އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލުކަން ލިބިފައިވުން.

- ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027529 ނަންބަރު ފޯނަށެވެ.

 

07 ޑިސެންބަރު 2016
ހޯދާ