ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ (ގްރޭޑް 1)

 

ވަޒީފާގެ ފުރުޞަތު

މަޤާމު:              ސީނިއަރ އެނަލިސްޓް ޕްރޮގްރާމަރ  (ގްރޭޑް 1)

ބޭނުންވާ އަދަދު:         01 (އެކެއް)

މުސާރަ:             މަހަކު -/9,500 ރުފިޔާ

ލިވިންގ އެލަވަންސް:      މަހަކު  -/3,000 ރުފިޔާ

ރިސްކް އެލަވަންސް:       މަހަކު  -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:  ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: މިއޮފީހުގައި ޤާއިމޮ ކުރެވިފައިވާ ސޮފްޓްވެއަރތަކާއި ސިސްޓަމްތަކާއި ނެޓްވޯރކަށް ގެންނަންޖެހޭ ބަދަލުތައްގެނެސް ދުވަހުން ދުވަހަށް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު: މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ހާޒިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 18 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ތަޢްލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

2- ވަނަވަރު

3- ދރއ. ކާޑުގެ ކޮޕީ

4- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

08 ރަބީޢުލްއައްވަލް 1438

 

07 ޑިސެންބަރު 2016
ހޯދާ