ދިވެހިރާއްޖެ
އިޢުލާން
ފަރުނީޗަރ ގަންނަން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ ފަރުނީޗަރ، ބ.އަތޮޅު ތަޢުލީމީ މަރުކަޒާއި، ޅ.އަތޮޅު މަދަރުސާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2016/265) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ބ.އަތޮޅު ތަޢުލީމީ މަރުކަޒު 420 ޑެސްކު 12 ޓީޗަރސް ޓޭބަލް 12 ވައިޓް ބޯޑް 420 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ) 12 ޕްލާސްޓިކ ގޮނޑި (އަތްގަނޑުލީ) |
ޅ.އަތޮޅު މަދަރުސާ 210 ޑެސްކު 06 ޓީޗަރސް ޓޭބަލް 06 ވައިޓް ބޯޑް 210 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ) 06 ޕްލާސްޓިކ ގޮނޑި (އަތްގަނޑުލީ) |
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ)، ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 ޑިސެންބަރު 14 ވަނަ ދުވަހުގެ 10:00 އަށް |
2016 ޑިސެންބަރު 19 ވަނަ ދުވަހުގެ 10:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.