މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ޓްރާންސްޕޯޓް ސާވިސަސް ޑިޕާޓްމަންޓުގައި އޮޕަރޭޓުކުރާ އުޅަނދު ފަހަރު ޝީޓް ކުޝަނާއި، ސަތަރި ހަދައިދިނުމާއި، ދޮރުފޮތި ފަހައިދޭނެ ފަރާތެއް ހޯދުން (ދެވަނަ ގޮވާލުން):

އިޢުލާން

އެމްޓީސީސީގެ ޓްރާންސްޕޯޓް ސާވިސަސް ޑިޕާޓްމަންޓުގައި އޮޕަރޭޓުކުރާ އުޅަނދުފަހަރުގެ ޝީޓް ކުޝަނާއި، ސަތަރި ހަދައިދިނުމާއި، ދޮރުފޮތި ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (ނަންބަރު: MTCC-PD/IU/2016/0160) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 14 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 18 ވަނަ ދުވަހުގެ 14:00 އަށް އެމްޓީސީސީ ހެޑްއޮފީސް 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް، އަންދާސީހިސާބު، ސިޓީއުރައެއްގައި ބަންދުކޮށް ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ މައުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

07 ޑިސެންބަރު 2016
ހޯދާ