ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
7 ވަނަ ބޭޖިންގ އިންޓަރނޭޝަނަލް އާރޓް ބިއެނާލް ޗައިނާ 2017 ގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

"7 ވަނަ ބޭޖިންގ އިންޓަރނޭޝަނަލް އާރޓް ބިއެނާލް ޗައިނާ 2017" ގައި ބައިވެރިވުމުގެ ފުރުޞަތު

މި ސެންޓަރުގެ ނަންބަރު (IUL)177-A2/1/2016/15 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ސީވީ ހުށަހަޅާފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.

"7 ވަނަ ބޭޖިންގ އިންޓަރނޭޝަނަލް އާރޓް ބިއެނާލް – ޗައިނާ 2017" ޗައިނާގެ ނެޝަނަލް މިއުސިއަމް، ބޭޖިންގްގައި 24 ސެޕްޓެންބަރު 2017 އިން 15 އޮކްޓޫބަރު 2017 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި އިވެންޓްގައި ދިވެހިރާއްޖޭގެ 04 ކުރެހުންތެރިންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައިވެއެވެ.

ވީމާ، މި ބިއެނާލްގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތަކުން 2016 ޑިސެންބަރު 12 ވަނަ ދުވަހުގެ 13:30 ގެ ކުރިން މި ސެންޓަރަށް، އެފަރާތެއްގެ ޕްރޮފައިލާ ސީވީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ސީވީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މިކަމަށް އެންމެ އެކަށޭނެ ފަރާތްތައް ހޮވާނީ މި ސެންޓަރުން އިވޭލުއޭޓް ކުރުމަށް ފަހުއެވެ.  މި ބިއެނާލާ ގުޅޭ މައުލޫމާތު http://www.bjbiennale.com.cn  ވެބްސައިޓް އިން ލިބޭނެއެވެ.

07 ރަބީޢުލްއައްވަލް 1438

07 ޑިސެންބަރު 2016
ހޯދާ