މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑަކީ، ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްޤީކޮށް، ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ބޭރު ދުނިޔެއާ ގުޅުވައިދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނީގެ އެކައުންޓްސް އޮފިސަރ މަގާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:     އެކައުންޓްސް އޮފިސަރ

ބޭނުންވާ އަދަދު:  1 (އެކެއް)

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • ޑިޕާޓްމަންޓުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުން؛
  • ކުންފުންޏަށް އަންނަ ބިލުތައް ޗެކުކުރުމާއި ފައިސާ ދެއްކުމުގެ އެންމެހައި މަސައްކަތް ކުރުން؛
  • ކުންފުނީގެ އެސެޓު ރަޖިސްޓަރީ އަޕްޓޭޑްކޮށް ބެލެހެއްޓުން؛
  • ބޭންކް ރިކޮންސިލިއޭޝަން ހެދުން؛
  • ކުންފުނީގެ ފައިނޭންޝިއަލް ޓްރާންސެކްޝަންސްތައް އެކައުންޓިންގ ސޮފްޓްވެއަރގައި އަޕްޑޭޓްކޮށް ބެލެހެއްޓުން؛
  • ޑިޕާޓްމަންޓްގެ ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން؛
  • ކުންފުނީގެ މަސައްކަތްތަކައް އެވަގުތަކު ބޭނުންވާ އެހީތެރިކަން ފޯރުކޮއްދިނުން.

މަޤާމުގެ ޝަރުޠު:

  • ދާއިރާއާ ގުޅޭ ފީލްޑަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއި އެކު މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭ ދާއިރާއަކުން 4 (ހަތަރު) އަހަރުގެ މަސައްކަތުގެ ތަޖްރީބާ ލިބިފައިވުން؛
  • މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން؛
  • ދިވެހިބަހާއި، އިނގިރޭސިބަހުން ފަސޭހަކަމާއެކު މުޢާމަލާތުކުރަން އެނގުން؛
  • މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ ހީވާގި، އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހަކަށް ވުން؛

ސުންގަޑި: މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޑިސެންބަރު 15 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް ސީވީ (ވަނަވަރު) ގުޅޭނެ ނަންބަރާއި އެކު ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރަންބޭނުންފުޅުވާނަމަ 3008300 އަށް ގުޅުއްވުމަށް އެދެމެވެ.

ކުންފުނީގެ އެޑްރެސް:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް

މ.ސަކައިމޫ (މޫކާއި ސޫޓްސް)، ތިންވަނަ ފަންގިފިލާ، ހަވީރީ ހިންގުން

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]

ވެބްސައިޓް: www.mcif.mv

06 ޑިސެންބަރު 2016
ހޯދާ