ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ

އިޢުލާން

މި އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް

އެސިސްޓެންޓް ފައިނޭންސް އޮފިސަރ

މަޤާމުގެ ރޭންކް

ޖީ.އެސް. 3

މަޤާމުގެ ކުލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ ޔުނިޓް

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލުގެ އިދާރާ (ކޯޕަރޭޓް އެފެއާޒް)

ސެކްޝަން

-  

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލުގެ އިދާރާ، ހއ. މާރަންދޫ

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

2 އަހަރުދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް:

1- ޕޭމަންޓްވައުޗަރ ތައްޔާރުކުރުމަށްފަހު ބަޖެޓުން ހޯދަންޖެހޭ ފައިސާ ހޯދުން

2- ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ފައިސާ ހަވާލުކުރުން

3- ކައުންސިލުގެ އިދާރާ މެދުވެރިކޮށް މުސާރަ ދެއްވާ މުވައްޒަފުންނަށް މުސާރަ، މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުން

4- ފައިސާ ޖަމާކުރާ ފޮތް ލިޔެ ބެންކަށް ފައިސާ ޖަމާކުރުން

5- ފައިސާ ބަލައިގަތުން

6- ތިޖޫރީގައިހުރި ފައިސާގެ ހިސާބުތައް ލިޔެ ބެލެހެއްޓުމާއި ތިޖޫރީ ބެލެހެއްޓުން

7- ކައުންސިލުގެ އިދާރާގެ ހުރިހާ އެކައުންޓްތަކުގެ ހިސާބު ބެލެހެއްޓުން

8- ޚަރަދުވައުޗަރ ތައްޔާރުކުރުން

9- ވައުޗަރ ރަޖިސްޓަރީ ބެލެހެއްޓުން

10- ޗެކް ހަވާލުކުރުމާއި ޗެކް ރަޖިސްޓަރީ ބެލެހެއްޓުން

11- ރައްޔިތުންގެ އެކައުންޓްތަކުގެ ފައިސާގެ ހިސާބު ބެލެހެއްޓުން

12- ކުއްޔަށް ދޭ ބިންބިމަށް ލިބޭ ފައިސާގެ ރިޕޯޓު ތައްޔާރުކޮށް ފޮނުވުން

13- އެކިއެކި ފަންޑުތަކާބެހޭ ކަންތައްތަކާއި ހިސާބު ބެލެހެއްޓުން

14- ފައިސާއާބެހޭ ރިޕޯޓްތައް ތައްޔާރުކުރުން

15- އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުގެ އޮފީސްތަކަށް ފޮނުވުމަށް ފައިސާ ޓްރާންސްފަރ ކުރާ ފޯމާއި ޓްރާންސްފަރ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން

16- ކައުންސިލުގެ ފައިނޭޝަލް ރިޕޯޓް ތައްޔާރުކޮށް، ކޮންމެ 6 މަހަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން

17- ވަގުތީގޮތުން ނަގާ މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސް ހަވާލުކުރުން

18- ކޮންމެމަހެއް ނިމުމުން އެމަހެއްގެ 1 ، 2 ގެ ރިޕޯޓްތައް ތައްޔާރުކުރުން

19- ކްރެޑިޓް ސްކީމުގައި ބައިވެރިވުމާއި، ސްކީމަށް ފައިސާ ދެއްކުމުގައި އިދާރާއިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން

20- ކައުންސިލުގެ އިދާރާގެ ލަފާކުރާ ބަޖެޓް ތައްޔާރުކުރުން

21- މުވައްޒަފުންގެ ރަޖިސްޓަރީތައް ބެލެހެއްޓުން

22- މުވައްޒަފުންގެ ރެކޯޑުފައިލްތައް ބެލެހެއްޓުން

23- މުވައްޒަފުންގެ ބައްދަލުވުން ބޭއްވުން

24- އިދާރާއިން ފޮނުވަންޖެހޭ ސިޓީ، މެސެޖް، ލިޔުން ތައްޔާރު ކުރުމާއި، ފޮނުވުމާއި، ފެކްސް ކުރުމާއި، މެއިލްކުރުން

25- ރަސްމީގަޑިއާއި ނުރަސްމީގަޑީގައި އިދާރާ ހުޅުވައި ބަންދުކުރުން، ރިސެޕްޝަން ކައުންޓަރު ބެލެހެއްޓުމާއި، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ މަސައްކަތް

26- އިދާރާއިން ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން

27- އިދާރާގެ މޮޑަމް ބެލެހެއްޓުން

28- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއި ލިޔުންތައް ފައިލްކުރުން

29- ފޮތްތަކުގައި ނަންކޮޅު ތަތްކުރުމާއި، ގަނޑު ލެއްވުމާއި، ސެލޯފިން ލެއްވުމާއި، އަދި ފައިލްތަކުގައި ނަންކޮޅު ހަރުކުރުން

30- ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

31- މަތީގައިވާ ކަންކަމުގެ އިތުރުންވެސް، އިދާރާއާ ގުޅިގެން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

* ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

* ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

* ލިބިފައިވާ މަސައްކަތުގެ ހުނަރާއި ޤާބިލުކަމުގެ ސިފަތައް.

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައި، މާރަންދޫ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 

ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ލިޔުމަކުން އެންގޭނެއެވެ.

ޝޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާ ގުޅޭ ލިޔުންތައް، މާރަންދޫ ކައުންސިލު އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ)

3- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

   (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް)

6- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަޤާމުގެ ޝަރުޠާއި، ރޭންކާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500029 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6500061 އެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

28 ޞަފަރު 1438

28 ނޮވެންބަރު 2016
ހޯދާ