ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

އިޢުލާން

މި އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއްޖެ.

މަޤާމް:             އެޑްމިނިސްޓްރޭޓިވް އޮފިސަރ (ދާއިމީ)

މަޤާމުގެ ނަންބަރު:       J-285907

ކްލެސިފިކޭޝަން:        އޮފިސަރ ގްރޭޑް 1

ރޭންކް:             ޖީ.އެސް. 3 (ޖެނެރަލް ސަރވިސް 3)                     

ސެކްޝަން:           ކޯޕަރޭޓް އެފެއާޒް ޝެކްޝަން

މުސާރަ:             މަހަކު -/4,465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ސަރވިސް އެލަވަންސް:     މަހަކު -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ

ބޭނުންވާ އަދަދު:         1 (އެކެއް)

މަޤާމުގެ ޝަރުޠު:

1. ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޖެނެރަލް އެޑްމިނިސްޓްރޭޝަން ނުވަތަ ޖެނެރަލް މެނޭޖްމެންޓް ނުވަތަ ހިއުމަން ރިސޯސް މެނެޖްމަންޓް ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް:   

  1. ސަރުކާރާއި އެކި ޖަމާޢަތްތަކުން ފޮނުއްވާ އެހީގެ ތަކެތި ބަލައިގަނެ ބަހައިދިނުން.
  2. ކައުންސިލުގެ އިދާރާގެ މުދަލާއި ލިޔެކިޔުމުގެ ސްޓޮކް ބެލެއްޓުމާއި، މުވަޒަފުންގެ އިދާރީ މަސައްކަތަށް ބޭނުންވާ ތަކެތި ހަމަޖެހިފައިވާ އުސޫލުން ދޫކޮށް، ދުވަހުން ދުވަހަށް އަޕްޓޭޑްކުރުން.
  3. ކައުންސިލުގެ އިދާރާގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުމާއި، ދުވަހުން ދުވަހަށް އަޕްޓޭޑްކޮށް، އިންވެންޓްރީ ނަންބަރު ޖަހަންޖެހޭ ތަކެތީގައި ނަންބަރު ޖަހައި ބެލެހެއްޓުން.
  4. ކައުސިލަށް ގަނެ ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކުރުމަށް އެހީތެރިވެދިނުން.
  5. ރައްޔިތުންގެ ގުދަންތަކުގައި ހުރި ބައުތަކެތީގެ ލިސްޓުނަގައި ނީލަންކިޔުމުގެ އިންތިޒާމު ހަމަޖެއްސުން.
  6. އިޤުތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކައުންސިލުގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި، މިލްކުކުރުމާއި، ކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި، ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެން ފަރާތްފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.
  7. މި އިދާރާގެ އަހަރީ ބަޖެޓާއި، ރަށުގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝިއަލް ޕްލޭނާއި، އަދި ކައުންސިލުގެ ބަޖެޓް ސްޓޭޓްމަންޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  8. ކައުންސިލުގެ އިދާރާއިން އަނބުރާ ދައްކާ ގޮތަށް އެކި ފަރާތްތަކަށް ދޫކުރާ ތަކެތި ދޫކޮށް ބަލައިގަނެ، އެކަމާ ގުޅޭ ރިކޯޑުތައް ދުވަހުން ދުވަހަށް ފުރިހަމަކުރުމާއި، އަދި އެކަމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުން.
  9. ރައްޔިތުންގެ ރުއްގަހުން ތަކެތި ބޭނުންވެގެން އަންނަ ފަރާތްތަކަށް އެކަމަށް ބޭނުންވާ ފޯމު ދޫކޮށް ބަލައިގަނެ ސެކްޝަންގެ ވެރިޔާ އަންގަވާ ގޮތެއްގެމަތިން އެފަދަ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ތަކެތި ދޫކުރުން.
  10. ކައުންސިލުގެ އިދާރާއަށް ބަލައިގަނެ އަދި ދޫކުރާ އެންމެހައި ފައިސާ ބަލައިގަތުމާއި، ދޫކުރުމާއި، ފައިސާއާބެހޭ ހިސާބުތައް ދިވެހިރާއްޖޭގެ މާލިއްޔަތާބެހޭ ޤާނޫނާ އެއްގޮތަށް ބެލެހެއްޓުން.
  11. މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ހަމަޖެހިފައިވާ އުސޫލުން ދިނުމުގެ އިންތިޒާމު ހަމަޖެއްސުން.
  12. މުދަލުޒަކާތާއި ފިޠުރުޒަކާތް ނަގައި، އޭގެ ޙައްޤު ވެރިންނަށް ބަހައިދިނުމުގެ އެންމެހައި ކަންކަން ކުރުން.
  13. ސެކްޝަނަށް އަންނަ ފޯނުކޯލުތަކަށް ސުޕަވައިޒަރުގެ ލަފާގެ މަތިން ޖަވާބު ދިނުން.
  14. ސެކްޝަނަށް އަންނަ ސިޓީ މެސެޖް ނުވަތަ އެހެނިހެންވެސް ލިޔުންތަކަށް ސްޕަވައިޒަރުގެ ލަފާގެމަތިން ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
  15. ސެކްޝަނުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމުގައި ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރުމާއި، ލިޔުންތަކުގައި ސޮއިކޮށް، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
  16. ސެކްޝަނުން ފައިލްކުރަންޖެހޭ ހުރިހާ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް، ފައިލިންގ ސިސްޓަމް ގަވާއިދުން ބެލެހެއްޓުމާއި، އަދި ފައިލިންގ ސިސްޓަމުން ހޯދަންޖެހޭ ލިޔެކިޔުންތައް ބޭނުންވެއްޖެ ހިނދެއްގައި އެ ލިޔުމެއް ފަސޭހަކަމާއެކު ހޯދައިދިނުން.
  17. ކައުންސިލުގެ އިދާރާގެ ފަރާތުން ފާހާގަކުރާ އެކިއެކި މުނާސަބަތުތަކާ ގުޅިގެން ހިންގާ ޙަރަކާތްތައް ހިންގުމުގައި އެހީތެރިވެދިނުން.
  18. ކައުންސިލުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  19. ޚާއްޞަ ޙާލަތާ ގުޅިގެންނާއި، އިޖުތިމާޢީގޮތުން ކައުންސިލުން ކުރަންޖެހޭ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުން.
  20. ހަމަޖެހިފައިވާ އުސޫލުން ކައުންސިލުގެ އިދާރާ ހުޅުވައި ލެއްޕުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2013 ގައި ޢަމަލު ކުރައްވަން ފަށްޓަވާފައިވާ "ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލު" ތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން

އިންޓަވިއު އޮންނާނެ ތަނާއި، ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑިއެއް ފަހުން ލިޔުމުން އަންގާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ތަކެއްޗާއެކު 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި އިނާޔަތްތައް:

ސިވިލް ސަރވިސް ގަވާއިދު 2014 ގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހުގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު ހއ. ހޯރަފުށީ ކައުންސިލުގެ އިދާރާގެ ކައުންޓަރުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެ)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުން ދޭ ލިޔުން.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

  (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގަމުންގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  (ރ) ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަވަންވާނެއެވެ.)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

2 ރަބީޢުލްއައްވަލް 1438                                                     

01 ޑިސެންބަރު 2016
ހޯދާ