މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެކްކުރޫ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މިޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ޑެކްކުރޫ

ބޭނުންވާ އަދަދު

 50

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިފްކޯ ބޯޓްފަހަރު

އަސާސީ މުސާރަ:

މަހަކު -/2700 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %75

ހާރޑްޝިޕް އެލަވަންސް: އަސާސީ މުސާރައިގެ  %50

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މަސްކިރާ ގަޑީގައި އެހީތެރިވެދިނުމާއި، ބޯޓްފަހަރު ސާފުކޮށް ބެލެހެއްޓުން.

ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު،ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.

ނޯޓް:

- މަތީގައިވާ މަޤާމަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް ކުރިމަތިލާފައިވާނަމަ އިންޓަރވިއުއަށް ދަޢުވަތު ދިނުމުގައި އިސްކަންދެވޭނީ މަސައްކަތުގެ ދާއިރާގެ ތަޖުރިބާހުރި ފަރާތްތަކަށެވެ. 

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 18 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ(އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީން ތައްގަނޑު ޖަހާފައިވާ އަސްލު) އާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) އާއި، ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެ ފަރާތެއްގެ މަސައްކަތާ މެދު ދެކޭގޮތުގެ ލިޔުމެއް. އަދި ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު) ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected]  އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. ފެކްސް ކުރައްވާނަމަ 3323955 ނަންބަރަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 އެކްސްޓެންޝަން ނަންބަރު 247 އަށް ގުޅުއްވުން އެދެމެވެ.

06 ރަބީޢުލްއައްވަލް 1437

05 ޑިސެންބަރު 2016
ހޯދާ