ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާރަށު ޕްރީސްކޫލް ހިންގި އިމާރާތް ކުއްޔަށް ދިނުމަށް

އިޢުލާން

ބާރަށު ޕްރީސްކޫލް ހިންގި ޢިމާރާތް ކުއްޔަށް ދިނުމާބެހޭ:

ހއ. ބާރަށު ޕްރީސްކޫލް ހިންގި އިމާރާތް ކުއްޔަށް ދިނުމަށް ބޭނުންވެއްޖެއެވެ. އެގޮތުން ޢިމާރާތް ބޭނުންކުރަންވާނީ، ތަޢުލީމު ދިނުމާ ގުޅުންހުރި ކަންކަމަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 13 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ޑިސެންބަރު 20 ވަނަ ދުވަހުގެ 13:00 އަށް ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ޕްރީސްކޫލް ކުއްޔަށް ދިނުމާ ގުޅޭގޮތުން މީގެކުރިން ކުރި ނަންބަރު: (IUL)257/257/2015/63 ، (IUL)257/257/2016/13 ދެ އިޢުލާނަށް ކުރިމަތިލާނެ ފަރާތެއް ނުލިބުމުގެ ސަބަބުން ވަނީ ބާޠިލުކުރެވިފައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

5 ރަބީޢުލްއައްވަލް 1438          

04 ޑިސެންބަރު 2016
ހޯދާ