މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ފެރީ ނިޒާމުގައި، ގއ. އާއި، ގދ. އަތޮޅުގައި ބޭނުންކުރުމަށް ފެރީއެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ގޮވާލުން):

އިޢުލާން

އެމްޓީސީސީގެ ރާއްޖެތެރޭގެ ފެރީ ނިޒާމުގައި، ގއ. އާއި، ގދ. އަތޮޅުގައި ދުއްވުމަށް މި ކުންފުނިން ދޭ މިންގަނޑުތަކަށް ފެތޭ ފެރީ ދޯނި، ކެޕްޓަނުންނާއި ފަޅުވެރިންނާއެކު ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (MTCC-PD/IU/2016/0198) އާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާފައިނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 19 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ޓަވަރުގެ 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2016 ޑިސެންބަރު 22 ވަނަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

07 ޑިސެންބަރު 2016
ހޯދާ