މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ފެރީ ނިޒާމުގައި ބޭނުން ކުރުމަށް 3 ފެރީ ދޯނި ކުއްޔަށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ގޮވާލުން):

އިޢުލާން

އެމްޓީސީސީގެ ފެރީ ނިޒާމުގައި މާލެސިޓީގެ ހުޅުމާލެއާއި، ވިލިނގިލީގެ ސެކްޓަރގައި ބޭނުންކުރުމަށް މި ކުންފުނިން ދޭ މިންގަނޑުތަކަށް ފެތޭ 3 ފެރީ ދޯނި، ކެޕްޓަނުންނާއި ފަޅުވެރިންނާއެކު ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (MTCC-PD/IU/2016/0191) އާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާފައިނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 14 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ޓަވަރުގެ 2 ވަނަ ފަންގިފިލާ ( ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރުު 18 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

07 ޑިސެންބަރު 2016
ހޯދާ