މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ޝަކުވާ ހުށަހެޅުމާ ބެހޭ

އިޢުލާން

އަބުރު ރައްކާތެރިކޮށްދިނުމާއިޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ޝަކުވާ ހުށަހެޅުމާ ބެހޭ

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާނަމަ، ކޮމިޝަނުން އެކުލަވައިލައި، މިހާރު ޢަމަލުކުރަމުން ދާ "ޝަކުވާ ހުށަހެޅުމާ ޝަކުވާ ބަލައިގަތުމުގެ ނިޒާމު"ގައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތީން ޝަކުވާ ހުށަހެޅުމަށާއި، އަބުރު ރައްކާތެރިކޮށްދިނުމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާނަމަ، ކޮމިޝަނުން އެކުލަވައިލައި މުރާޖަޢާކޮށްފައިވާ "ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމު" މެދުވެރިކޮށް އެފަދަ ޝަކުވާތައް ހުށަހެޅުން އެދެމެވެ. ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމު ކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

07 ރަބީޢުލްއައްވަލް 1438

06 ޑިސެންބަރު 2016
ހޯދާ