ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
2017 ވަނަ އަހަރަށް ކޮންމެހެން ބޭނުންވާ މަރާމާތާގުޅޭ

އިޢުލާން

ތިރީގައި މިދަންނަވާ މި ސްކޫލުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

1. ސުކޫލުގައި ކުލަލުން.

2. ސުކޫލުގެ ޕްލޭގްރައުންޑް އަޕްގްރޭޑްކުރުން.

މި ސްކޫލުން ދޭ މަޢުލޫމާތުތަކާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލުގެ އޮފީހަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަން

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

2016 ޑިސެންބަރު 12 ވަނަ ދުވަހުގެ މެންދުރުފަހުގެ 11:00 އަށް

2016 ޑިސެންބަރު 18 ވަނަ ދުވަހުގެ މެންދުރުފަހުގެ 11:00 އަށް

ކުންފުނި، އިންވެސްޓްމަންޓް، ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް، ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މި މަސައްކަތް ކުރެއްވުށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކުރައްވާފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓަރީކުރައްވާފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި 6820097 ފޯނަށް ގުޅުއްވުން އެދެމެވެ. 

05 ޑިސެންބަރު 2016
ހޯދާ