މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޕިއުޓަރ ގަތުމަށް

އިޢުލާން

މ. މަޑުއްވަރީ ކައުންސިލް އިދާރާއަށް 5 ކޮންޕިއުޓަރ ގަތުމަށް ބޭނުންވެއްޖެ.

މ.މަޑުއްވަރީގައި އަލަށް ޢިމާރާތް ކުރަމުންދާ ކައުންސިލް އިދާރާގެ އައު ޢިމާރާތުގައި ބޭނުންކުރަން 5 (ފަހެއް) ކޮންޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވާތީ، މި ތަކެތި ގަނެ މި އިދާރާއަށް ގެނަސް، ހިލޭ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އަދި މިކޮންޕިއުޓަރތައް އިންސްޓޯލްކޮށް ނިންމައި ބިލް ހުށަހެޅުމުން ވަގުތުން ފައިސާ ދެވޭނެއެވެ.

ވީމާ، މި ކޮންޕިއުޓަރ ގެނަސްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެންނާއި، ފޯނުން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ފޯނުން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ގެންނަންޖެހޭ ތަކެތި މި އިދާރާއަށް މެއިލްކުރެއްވުމަށްފަހު އެ ދުވަހުގެ 10:00 އިން 12:45 އަށް މި އިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށާއި، ފޯނުން މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން ވެސް 2016 ޑިސެންބަރު 19 ވާ ހޯމަދުވަހުގެ 11:00 އިން 12:45 އަށް މި އިދާރާގެ މެއިލަށް މެއިލް ކުރެއްވުން އެދެމެވެ. ބައްދަލުވުމުގައި ބައިވެރިވެވޭނީ، ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ނަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރައްވާއިރުގައާއި، ގުޅުއްވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއާއި، އެބޭފުޅަކު ތަމްސީލުކުރައްވާ ކުންފުންޏަކުން ތަމްސީލު ކުރައްވަނީ ކޮން ބޭފުޅެއްކަން އެނގޭނެ ލިޔުމެއް ގެންނަވަންވާނެއެވެ. ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކުން އެތަކެތި މި އިދާރާގެ މެއިލަށް މެއިލް ކުރައްވަންވާނެއެވެ. އަދި މެއިލުން އެލިޔުންތައް ލިބުނުކަން ކަށަވަރުކުރައްވަންވާނެއެވެ. ލިޔުމުން ދެވޭ މަޢުލޫމާތު ފޯރުކޮށްދެވޭނީ ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ހުށަހަޅުއްވާފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި ނަންބަރު 6720032 ފޯނާ ނުވަތަ 7911345 މޯބައިލްފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

2 ރަބީޢުލްއައްވަލް 1438   

01 ޑިސެންބަރު 2016
ހޯދާ