މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާގެ ނަންބަރު (IUL)232-AG/232/2016/47 (28 ނޮވެންބަރު 2016) މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

މި އިދާރާގެ ޓޮޔޯޓޯ ވޭންގެ މި ދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ބޭނުންވެއްޖެއެވެ.

1- ވައިޕަރ ރަނގަޅުކުރުން.

2- އެއަރކޯން ރަނގަޅުކުރުން.

3- ފަހަތުގެ ޑިކީޖެކު ނައްޓައި އައު ޖެކު އެޅުވުން.

4- ވޭންގެ ސެޓް ރަނގަޅުކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 10:30 އަށް މި އިދާރާއަށް (ކޮންފަރެންސްހޯލަށް) ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 10:30 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

7 ރަބީޢުލްއައްވަލް 1437

06 ޑިސެންބަރު 2016
ހޯދާ