ލ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ޓިނު ބަދަލުކުރުމަށް

އިޢުލާން       

އަންދާސީހިސާބު ބޭނުންވެއްޖެ

މި މަދަރުސާގެ ޕްރީސްކޫލް ކްލާސްރޫމުގައި ޓިނު ބަދަލުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 20 ވާ އަންގާރަދުވަހުގެ 11:00 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 27 ވާ އަންގާރަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެކަމުގައި ދަންނަވަމެވެ.

06 ޑިސެންބަރު 2016
ހޯދާ