ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ގިންތި: |
ދާއިމީ |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މާލެއަތޮޅު ގާފަރު ކައުންސިލުގެ އިދާރާ |
ޔުނިޓް: |
ކޯޕަރޭޓިވް އެފެއާޒް |
މުސާރަ: |
މަހަކު -/4465 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
އުޖޫރައާއި ޢިނާޔަތްތައް: |
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރައާއި އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. 2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. |
މަޤާމުގެ ޝަރުޠުތައް:
|
1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތު:
|
1. މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުން. 2. މުވައްޒަފުންގެ ރެކޯޑު ފައިލާއި، ޗުއްޓީގެ ރެކޯޑު ބެލެހެއްޓުން. 3. ކައުންސިލުގެ ޖަލްސާތަކުގެ ޔައުމިއްޔާ ލިޔުމާއި، ޖަލްސާތަކުގެ އެޖެންޑާ ޒިންމާދާރުވެރިޔާގެ މަޝްވަރާގެމަތިން ހަވާލުކޮށް ޔައުމިއްޔާތަކާއި، އެޖެންޑާތައް އަދި ކައުންސިލުން ނިންމާ ޤަރާރު ފަދަ ތަކެތި ލިޔުމާއި، ކައުންސިލުން ފޮނުވަންޖެހޭ ރިޕޯޓުތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 4. ކައުންސިލުގެ ބައްދަލުވުންތަކުން ނިންމާ ކަންތައްތައް، އިދާރާގެ ވެބްސައިޓް ހުރިނަމަ، ވެބްސައިޓުގައި ނުވަތަ ނޯޓިސްބޯޑުގައި ޝާއިޢުކުރުމާއި، އެފަދަ ނިންމުންތައް ޔުނިޓްތަކާ ހަވާލުކުރުން. 5. ކައުންސިލުގެ ހާޒިރީރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 6. ކައުންސިލަރުންގެ ޗުއްޓީއާއި، ސަލާމުގެ ކަންތައް ބެލެހެއްޓުން. 7. ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން. 8. ކައުންސިލަށް ލިބިފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށުފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާގުޅޭ ގަވާއިދު ހަދައި ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 9. އިންތިޚާބުތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި ވަކިފަރާތެއް ހަމަޖެހިފައިނުވާނަމަ، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީމަސައްކަތްތައް ކުރުން. 10. އިންވެންޓްރީ ގަވާއިދުން ބެލެހެއްޓުން. 11. ކައުންސިލް އިދާރާގެ އީމެއިލް އަދި ޖެމްސް ޗެކްކުރުމާއި، އީމެއިލްކުރަންޖެހޭ ތަކެތި އީމެއިލްކުރުން. 12. ހުކުރުޚުޠުބާއާއި ޢީދުޚުޠުބާ ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން. 13. ހަވާލުކުރެވޭ މަސައްކަތާ ގުޅިގެން ފޮނުވަންޖެހޭ ލިޔުންތައް (ސެކްޝަނުގެ ވެރިޔާ ނުވަތަ ކައުންސިލުގެ މަޝްވަރާގެ މަތިން) ލިޔެ ފޮނުވައި ލޮގްކޮށް ބެލެހެއްޓުން. 14. ކައުންސިލުގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން. 15. ސެކްޝަނުގެ އެހެން މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސްތަކުގައި އެ މުވައްޒަފަކު ކުރަމުންދިޔަ މަސައްކަތް ވަގުތީގޮތުން ހަވާލުކޮށްފި ހިނދެއްގައި އެމަސައްކަތް ކުރުން. 16. ކައުންސިލުން އާންމުންނަށް އެންގުމަށްޓަކައި ލައުޑްސްޕީކަރުން އެނައުންސް ކުރަންޖެހޭ ތަކެތި އެނައުންސްކުރުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. މަސައްކަތުގެ ތަޖުރިބާ ލިބިފައިވަނީ ގުޅުންހުރި ދާއިރާއަކުން ކަމުގައިވުން. 2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއް ކަމުގައިވުން. 3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން. 4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މީހެއް ކަމުގައިވުން. |
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
މި އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި، މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން އެންގޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ރަސްމީ ގަޑީގައި، ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަން www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ: ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) ށ. ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ރ- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭނެ ސާފު ކޮޕީއެއް. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު) |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2016 ޑިސެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން، މާލެއަތޮޅު ގާފަރު ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6641941 ނަންބަރު ފޯނާއެވެ. |
5 ރަބީޢުލްއައްވަލް 1438