ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ

މަޤާމް: ސީނިއަރ އޮފިސަރ

ޑިޕާޓްމަންޓް: ޓްރާންސްޕޯޓް އެންޑް މެއިންޓެނަންސް

މަސައްކަތްކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލުގެ ޓްރާންސްޕޯޓް ޔުނިޓުގައި.

ތަޢުލީމާ ތަޖުރިބާ:
  1. ސާނަވީ އިމްތިޙާނަކުން މަދުވެގެން 5 މާއްދާއިން ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ 4 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން. ނުވަތަ
  2. މަޤާމާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަޤާމާ ގުޅޭ ދާއިރާއަކުން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ލިބިފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. މަޤާމާ ގުޅޭ ދައިރާއަކުން ދަށްވެގެން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  5. މަޤާމާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ހޮސްޕިޓަލުގެ ވެހިކަލްތަކުގެ އެންމެހައި މަސައްކަތްތައް ކުރުން.  

2- ހޮސްޕިޓަލުގެ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށް، އަދި ދިމާވެދާނެކަމަށް ލަފާކުރެވޭ ކަންތައްތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލައި އެޅުން.

3- ހޮސްޕިޓަލުގެ މެޝިނަރީޒްތަކަށް ދިމާވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރުން.

4- ހޮސްޕިޓަލުގެ މެކޭނިކަލް މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ދިނުން.

ކުރިމަތިލުމުގެ ސުންގަޑި: 2016 ޑިސެންބަރު 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރު E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީގެ މަތީ ފަންގިފިލާ) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމު، ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލުގެ ވެބްސައިޓް www.hmh.gov.mv އިން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލުގެ 3011469 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

05 ޑިސެންބަރު 2016
ހޯދާ