ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް ސަރވިސް އޮފިސަރ

މުނިސިޕަލް ސަރވިސް އޮފިސަރ

މަޤާމް:

1 (އެކެއް)

ބޭނުންވާ އަދަދު:

އެމް.އެސް 1

ރޭންކް:

J-285814

މަޤާމުގެ ނަންބަރު:

ދާއިމީ

މަޤާމުގެ ގިންތި:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

ކޮޅުމަޑުލު ބުރުނީ ކައުންސިލުގެ އިދާރާ /

އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

އޮފީސް / އިދާރާ

ސެކްޝަން:

މަހަކު -/5610 ރުފިޔާ

މުސާރަ:

މަހަކު -/2000 ރުފިޔާ

ސަރވިސް އެލަވަންސް:

ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ
  2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

  1. ރަށްވެހިންގެ ރަޖިސްޓަރީއަށް އަންނަ އުނި އިތުރު ލިޔެ ބެލެހެއްޓުމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ޑީ.އެން.އާރު އަށް ފޮނުވަންޖެހޭ ލިޔުންތައް ފޮނުވުން.
  2. އުފަންދުވަހުގެ ރަޖިސްޓަރީ އަދި އުފަންދުވަހުގެ ސެޓުފިކެޓު ހެއްދުމުގެ މަސައްކަތްކުރުން.
  3. ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ބިމުގެ ބަޖެޓް ތައްޔާރުކުރުމާއި، ރަށުގެ ޗާޓަށް އަންނަ ބަދަލުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެކިއެކި ކަންކަމަށް ދޫކުރަންޖެހޭ ބިންތައް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ބިންތަކުގެ ރަޖިސްޓަރީ / އެއްބަސްވުންތައް ހެދުމާއި، ބިންތަކުގެ ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. މަސްވެރިންނާއި ދަނޑުވެރިންގެ ރަޖިސްޓަރީ ބެލެހެއްޓުމާއި، ރަށުގައި ދިރިއުޅޭ ބިދޭސީންގެ ރެކޯޑު ބެލެހެއްޓުމާއި، މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  5. ޤުދުރަތީ ކާރިސާތަކުގައި ލިބޭ ގެއްލުންތަކާއި ކާރިސާތަކާ ބެހޭ ރިޕޯޓު ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމާއި، އެ ގެއްލުންތަކަށް ލިބެންވާ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެ ގެއްލުމަކާބެހޭ ލިޔުންތައް ރެކޯޑުކޮށް ބެލެހެއްޓުން.
  6. މިސްކިތްތަކުގެ މުދިމުންނާއި މަސައްކަތުމީހުން ނަމާދުވަގުތުތަކުގައި ހާޒިރުވެ ސޮއިކުރާ ސީޓު، މަހުންމަހަށް ތައްޔާރުކޮށް ހަވާލު ކުރުމާއި، ނިމޭ ސީޓުތައް ތަރުތީބުން ފައިލްކުރުން.
  7. ކައުންސިލުގެ މެމްބަރުންނާއި، އިދާރާގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ޗުއްޓީ ޗިޓް ހެދުމާއި، ހާޒިރީ ސޮއިކުރެވޭގޮތަށް މަހުންމަހަށް ތައްޔާރުކުރުމާއި، ޗުއްޓީއާއި ހާޒިރީ ރިޕޯޓްތައް ހަދައި ބެލެހެއްޓުމާއި، މުވައްޒަފުންގެ ރެކޯޑުތައް ދުވަހުންދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ސެކްޝަންގެ މަސައްކަތްތައް ރެކޯޑުކޮށް ބެލެހެއްޓުން.
  9. ކައުންސިލުގެ ފަރާތުން ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކާއި އަދި ސަރުކާރުގެ ފަރާތުން ވަޑައިގަންނަވާ ޓީމުތަކުން ޢާންމު ރައްޔިތުންނާއެކު ބާއްވަން ހަމަޖައްސަވާ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.
  10. އެކިއެކި ރަސްމިޔާތުތަކާ ގުޅިގެން ބޭއްވޭ ދިދަ ނެގުމުގެ ރަސްމިއްޔާތު ތައްޔާރުކުރުމާއި، އެ މަޢުލޫމާތު ޢާންމުންނާއި އިދާރާތަކަށް ހިއްސާކުރުން.
  11. ކައުންސިލުގެ ވަޒީފާތަކަށް މީހުން ނެގުމާ ބެހޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން. އަދި އެޗް.އާރު.އެމް.ޑީ ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ކޮމިޓީގެ އިދާރީ މަސައްކަތްތައް ކުރުން.
  12. ބޯހިމެނުމާ ބެހޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
  13. އެކިއެކި އިންތިޚާބުތަކުގެ ވޯޓް ނެގުމާ ގުޅޭގޮތުން އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއި، އަދި ކައުންސިލްކަމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުވާ މީހުން ޢައްޔަން ކުރުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  14. ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުއްދަތުގައި އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ކުރުން. މީގެއިތުރުން ސްޕަވައިޒް ކުރުމަށް ހަވާލުކުރެވިފައިވާ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކުރުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ދަށުން ފުރިހަމަކުރަންޖެހޭ ފޯމުތައް ފުރިހަމަކޮށް ނިންމަންޖެހޭ މުއްދަތަށް ނިންމައި، ރިޕޯޓް ތައްޔާރުކޮށް، ހުރިހާ މުވައްޒަފުންގެ ފޯމުތައް ސިވިލް ސަރވިސްގެ ވިއުގައަށް އެޅުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަންސް، ޕްލޭނިންގ އެންޑް ޕްރޮޖެކްޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ސްޓެޓިސްޓިކްސް

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާތައް

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 13:00 ގެ ކުރިން ކޮޅުމަޑުލު ބުރުނީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު، ބުރުނީ ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

  (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

5. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ: %25)
  2. ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: %60) އަދި ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް (ކަނޑައެޅިފައިވާ އިންސައްތަ: %30)
  3. މަސައްކަތުގެ ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: % 10) އަދި އެހެނިހެން ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: % 10)
  4. ލިބިފައިވާ ހުނަރު: އިންޓަރވިއު / ޕްރެކްޓިކަލްސް (ކަނޑައެޅިފައިވާ އިންސައްތަ: % 100)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް ނުވަތަ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 2016 ޑިސެންބަރުމަހުގެ ތެރޭގައި ބުރުނީ ކައުންސިލުގެ އިދާރާގައެވެ. އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ދުވަހާއި ވަގުތު އިދާރާގެ ފަރާތުން އަންގާނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780038 ނަންބަރު ފޯނަށެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލްކޮށްގެން ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އިތުރު މަޢުލޫމާތު:

04 ޑިސެންބަރު 2016
ހޯދާ