އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާގުޅޭ

އިޢުލާން

ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާގުޅޭ

2017 ޖަނަވަރީ 14 ވާ ހޮނިހިރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް 2016 ޑިސެންބަރު 1 ވީ ބުރާސްފަތި ދުވަހުގެ 15:00 އާ ހަމައަށް ފޯމު ހުށަހަޅައި ކެންޑިޑެންސީ ގަބޫލުކުރިކަން އަންގާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުމާއި، ނަން ތަރުތީބުކުރުން 2016 ޑިސެންބަރު 6 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައި ވީނަމަވެސް، މި ތާރީޚު މިހާރު ވަނީ ލަސްކުރެވިފައެވެ. އަދި ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން ބާއްވާނެ ތާރީޚެއް ފަހުން އިޢުލާން ކުރާނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ރަބީޢުލްއައްވަލް 1438

 

05 ޑިސެންބަރު 2016
ހޯދާ