މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ދަށުން ހިންގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލޯގޯ އަދި ވެބްސައިޓް ފަރުމާ ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލޯގޯއާއި، ވެބްސައިޓް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/23/2016/118 (17 ނޮވެންބަރު 2016) އިޢުލާނުގައިވާ މަސައްކަތް ވަކި ދެ މަސައްކަތެއްގެ ގޮތުގައި އަލުން އިޢުލާން ކުރަމެވެ.

ވީމާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ވެބްސައިޓާއި، ލޯގޯ ފަރުމާކުރުމުގެ މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ޑިސެންބަރު 14 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 20 ވާ އަންގާރަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ވެބްސައިޓް ފަރުމާ ކުރުމާއި، ލޯގޯ ފަރުމާކުރުމަކީ ވަކި ދެ މަސައްކަތެއްކަމުގައި ވީނަމަވެސް މި ދެ މަސައްކަތަށް ވަކި ދެ އަންދާސީހިސާބުގެ ގޮތުގައި އެއްފަރާތަށް އަގު ހުށަހެޅުއްވުމުގެ ފުރުސަތު އޮތް ވާހަކަވެސް ދަންނަވަމެވެ.

05 ޑިސެންބަރު 2016
ހޯދާ