ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް ކުއްޔަށް ދިނުމާބެހޭ

އިޢުލާން

ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް ކުއްޔަށް ދިނުމާބެހޭ

ހައްދުންމަތީ ކުނަހަންދޫ ކައުންސިލުގެ އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް ކުއްޔަށް ދިނުމަށް ކުރި ނަންބަރު (23.11.2016) 405-A/2016/47 އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތުސާފުކުރަން ހާޒިރުނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށްދޭން ބޭނުންވެއްޖެއެވެ. މިގޮތުން، ކުއްޔަށް ދެވޭނީ، މީލާދީގޮތުން 1 އަހަރުދުވަހަށެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 13:00 ގައެވެ. ބިޑް ހުށަހެޅުން އޮންނާނީ 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 ގައެވެ. ރުއްތައް ދޫކުރެވޭނީ އެންމެ ރަނގަޅު އަގެއް ހުށަހަޅާ ފަރާތަކަށެވެ. އަދި މި ރުއްތައް ކުއްޔަށް ނަގާ ފަރާތުން 1 އަހަރުދުވަހުގެ ކުލި އެއްފަހަރާ ދައްކައި ނިންމަންވާނެއެވެ. އަދި ރުކަކަށް ނުވަތަ ރުއްތަކަށް ގެއްލުން ލިބޭފަދަ އެއްވެސް ކަމެއް ކުއްޔަށް ނަގާ ފަރާތުން ކޮށްގެން ނުވާނެއެވެ. އެފަދަ ކަމެއް ކުއްޔަށް ނެގި ފަރާތުން ކޮށްފިނަމަ، އެ ރުއްތައް އަނބުރައި ކައުންސިލަށް ނެގޭނެއެވެ. މިގޮތުން ނަގާއިރު ކުއްޔަށް ނެގުމަށް ދެއްކި ކުލި (ފައިސާ) އަނބުރާ ނުލިބޭނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

2 ރަބީޢުލްއައްވަލް 1438

01 ޑިސެންބަރު 2016
ހޯދާ