އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ:

ކޮންޓްރެކްޓް އުސޫލުން 2017 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 2:30 ގައި މިކަމާ ގުޅިގެން މި ސްކޫލުގެ ހޯލުގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންދެއްވުން އެދެމެވެ. އަދި 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 2:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.

05 ޑިސެންބަރު 2016
ހޯދާ