މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޔުނީފޯމް ފެހުން

އިޢުލާން

އެމް.އެން.ޑީ.އެފްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ޔުނީފޯމު ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން 2016 ޑިސެންބަރު 08 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2016 ޑިސެންބަރު 13 ވަނަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

06 ރަބީޢުލްއައްވަލް 1438

05 ޑިސެންބަރު 2016
ހޯދާ