މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ސްމާޓް ބޯޑު ފްލޯ ސްޓޭންޑާއެކު ގަތުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 1 ސްމާޓް ބޯޑް ފްލޯ ސްޓޭންޑާއެކު ގަތުމަށް ބޭނުންވެގެން ކުރި ނަންބަރު: IL-PRC/2016/60 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޮތޯރިޓީއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

8 ޑިސެންބަރު 2016

ބުރާސްފަތި

11:00

އަންދާސީހިސާބު ހުށަހެޅުން

13 ޑިސެންބަރު 2016

އަންގާރަ

10:00

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

6 ރަބީޢުލްއައްވަލް 1438

05 ޑިސެންބަރު 2016
ހޯދާ