ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ޗާޕުމެޝިނެއް ގަތުމަށް

އިޢުލާން

ޗާޕުމެޝިނެއް ގަންނަން ބޭނުންވެއްޖެ:

މި ޑިޕާޓްމަންޓުން ހިންގާ އިމްތިޙާނުތަކަށް ބޭނުންވާ ލިޔެކިޔުން ޗާޕުކުރުމަށްޓަކައި ޗާޕުމެޝިނެއް ގަންނަން ކުރި ނަންބަރު (IUL)120/1/2016/78 އިޢުލާނަށް ހުށަހެޅި ބީލަންތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ ބީލަންތައް ކެންސަލްކޮށް، އެ ފުރަޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ޑިޕާޓްމަންޓް ހިނގަމުންދާ ފިލާ ބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ. ބިޑް ހުށަހެޅޭނީ ޕްރީބިޑް މީޓިންގއަށް އަންނަ ފަރާތްތަކަށް އެކަންޏެވެ.

6 ރަބީޢުލްއައްވަލް 1438

05 ޑިސެންބަރު 2016
ހޯދާ