ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގިރާސަރަޙައްދު ޙިމާޔަތްކުރުމަށް ބަސްތާޖަހައިގެން ތޮށިޖެހުމާގުޅޭ

އިޢުލާން

ފ.މަގޫދޫގެ ގިރާސަރަޙައްދު ޙިމާޔަތްކުރުމަށް ގޯނިން ބަސްތާ ޖަހައިގެން ތޮށިޖެހުމާ ގުޅޭ

ފ.މަގޫދޫގެ ގިރާސަރަޙައްދު ޙިމާޔަތްކުރުމަށް ގޯނިން ބަސްތާ ޖަހައިގެން މި ކައުންސިލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް 520 ފޫޓު ދިގު ތޮށްޓެއް ޖަހަން ބޭނުންވެއެވެ.

ވީމާ، މި ކައުންސިލުން މައިގަނޑު ތަކެތި (ސިމެންތި، ވެލި، ދަގަނޑު، ގޯނި) ދިނުމުން މި މަސައްކަތް ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި ކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލަށް ދުރުވެ ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. މި މަސައްކަތުގެ ބިޑް ވިއްކުމަށް ހަމަޖެހިފައިވަނީ -/500 ރުފިޔާއަށެވެ.  

27 ޞަފަރު 1438

27 ނޮވެންބަރު 2016
ހޯދާ