ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
2 ކްލާސްރޫމުގެ ތަޅުން މަރާމާތުކުރުން

އިޢުލާން

2 ކްލާސްރޫމުގެ ތަޅުން މަރާމާތުކުރުން

މި ސްކޫލުގެ 2 ކްލާސްރޫމުގެ ތަޅުން މަރާމާތުކުރުމަށް ކުރެވުނު ނަންބަރު: GS104-A/IUL/2016/28 (15 ނޮވެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

ޅައިމަގު ސްކޫލުގެ އޮފީސް

މަޢުލޫމާތު ސާފުކުރުން.

2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 13:00 ގައި

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

29 ޞަފަރު 1438

29 ނޮވެންބަރު 2016
ހޯދާ