ހއ. އުތީމު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުން

އިޢުލާން

މި ޞިއްޙީމަރުކަޒުގެ ކަރަންޓް، ތްރީފޭސް ކަރަންޓަށް ބަދަލުކުރުމާބެހޭ

މި ޞިއްޙީމަރުކަޒުގެ ކަރަންޓް، ތްރީފޭސް ކަރަންޓަށް ބަދަލުކުރުމަށްޓަކައި، މި މަރުކަޒުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް މި ޞިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް

އަންދާސީހިސާބު ހުށަހެޅުން

2016 ޑިސެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ހއ. އުތީމު ޞިއްޙީމަރުކަޒުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މި މަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

6 ރަބީޢުލްއައްވަލް 1438

05 ޑިސެންބަރު 2016
ހޯދާ