ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުން

އިޢުލާން

2017 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

2017 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވަން ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. މި ގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތް ކުރެވިފައިހުރި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރިއާއި ސިޓިންގރޫމް ފަރުނީޗަރާއެކު ހުރި، އަދި ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު ހުރި ބަދިގެބަޔަކާއި ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

ވީމާ، ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް، ގެ ނުވަތަ އެޕާޓްމަންޓް ކުއްޔަށް ދޭން ބޭނުންވާ އަގު ބަޔާންކޮށް، ކުރެހުމަކާއެކު މި ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް އައުމަށް ދަތިވާ ފަރާތްތަކަށް ބަދަލުގައި އެހެން މީހަކުވެސް ފޮނުވިދާނެއެވެ.

    މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައި ތާރީޚު

ސިޓީ ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚު

14 ޑިސެންބަރު 2016 ބުދަދުވަސް

ގަޑި 10:00

18 ޑިސެންބަރު 2016 އާދީއްތަދުވަސް

ގަޑި 10:00

  • އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ރަސްމީ ގަޑީގައި 6640585 މި ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ. 
04 ޑިސެންބަރު 2016
ހޯދާ