އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ބައެއް ތަކެތި ހޯދުން

އިޢުލާން

2017 ވަނަ އަހަރު މި މަދަރުސާގެ ކިޔެވުން ފެށެންވާއިރަށް ބޭނުންވާ ބައެއް ތަކެތި ހޯދުން

މަސައްކަތް

40 ފަންކާ ހޯދުން

2017 ވަނަ އަހަރު ފެށެންވާއިރަށް ކުލަ ހޯދުން

4 ދިދަ (ސްކޫލްގެ ދިދައާއި ޤައުމީ ދިދަ)

ވީމާ، މި ތަކެތި ހޯދައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 13 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 18 ވާ ބުދަ ދުވަހުގެ 13:30 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. އަދި މި ވަގުތުގައި އަންދާސީހިސާބު ހުށަހަޅާ ހުރިހާ ފަރާތްތަކަކުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި، ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅާފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވަނީ މި މަދަރުސާ އިން ދޭ ފޯމެޓާ އެއްގޮތަށް ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މަދަރުސާގެ ނަންބަރު 6780572 އާ ގުޅުއްވުން އެދެމެވެ.

29 ޞަފަރު 1437

29 ނޮވެންބަރު 2016
ހޯދާ