އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަފުށްޓަށް ކުނި ގެންގޮސްދޭނެ ފަރާތެއް ހޯދުން

އިޢުލާން

  • ތިލަފުށްޓަށް ކުނި ގެންގޮސްދޭނެ ފަރާތެއް ހޯދުން:

ކުނީގެ ގޮތުގައި މިރަށުގައި އުކާލެވޭ ދަގަނޑުގެ ބާވަތާއި ޕްލާސްޓިކުގެ ބާވަތާއި ބިއްލޫރި، ތިލަފުށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 25 ވާ އާދީއްތަދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ކެނޑުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވިދާނެއެވެ. ނަމަވެސް، ފޮނުއްވަންވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ، އަންދާސީހިސާބު ހުށަނާޅުއްވާ އެހެން ފަރާތެކެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަންދާސީހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

29 ޞަފަރު 1438

29 ނޮވެންބަރު 2016
ހޯދާ