ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލޯންޗުގެ އިންޖީން އިވެލުއޭޓް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި ކޯޕަރޭޝަނުގައި ބޭނުންކުރާ ލޯންޗުގެ އިންޖީން އިވެލުއޭޓް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކޯޕަރޭޝަނުގައި ބޭނުންކުރާ ލޯންޗުގެ އިންޖީން އިވެލުއޭޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު IUL/ADMN/2016/1009 TCL- (16 ނޮވެންބަރު 2016) އާ ގުޅިގެން އަގު ހުށަހެޅުއްވީ އެންމެ ފަރާތަކުން ކަމުގައިވާތީ، މި އިޢުލާން ބާޠިލުކުރުމަށްފަހު މި ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ މި އިންޖީނު އިވެލުވޭޓް ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައި ދަޢުވަތު އަރުވަމެވެ.

ތަފުސީލު

ތަން

ދުވަސް

ތާރީޚު

ގަޑި

އިންޖީނު ބެލުމާއި، މަޢުލޫމާތު ސާފުކުރުން

މާލޭ ދެކުނު ހާބަރުން

( ގުޅުއްވާނީ 7966991 )

ބުރާސްފަތި

08 ޑިސެންބަރު 2016

10:30 ގައި

އަގު ހުށަހެޅުން

ޓީސީއެލް ހެޑް އޮފީސް

އަންގާރަ

13 ޑިސެންބަރު 2016

14:00 ގައި

 * މިކަމަށް ކުރިމަތިލައްވާ ފަރާތަކީ މެރިން އިންޖީނު މަރާމާތު ކުރެއްވުމުގެ ތަޖުރިބާ ހުރި ފަރާތެއް ކަމުގައި ވާންވާނެއެވެ. އަދި ހުށަހަޅުއްވާ ޕްރޮޕޯސަލާއެކު މިފަދަ ތަޖުރިބާ ހުރިކަމުގެ ލިޔުން ހުށަހަޅުއްވަން ވާނެއެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

02 ރަބީޢުލްއައްވަލް 1438

04 ޑިސެންބަރު 2016
ހޯދާ