ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ހޯދުމަށް

އިޢުލާން

ސްކޫލުގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ހޯދުމަށް

2017 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން 2016 ނޮވެންބަރު 9 ވަނަ ދުވަހު ކުރެވުނު އިޢުލާން ގެޒެޓުގައި ޝާއިޢުނުކުރެވުމުގެ ސަބަބުން، އަދި 2016 ނޮވެންބަރު 16 ވަނަ ދުވަހު ކުރެވުނު އިޢުލާނަށް އެއްވެސް ބޭފުޅަކު އަންދާސީހިސާބު ހުށަހަޅާފައިނުވާތީ ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 6 ވާ އަންގާރަދުވަހުގެ 10:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ހުރިހާ މަޢުލޫމާތެއް ހިއްސާ ކުރެވޭނެއެވެ.

މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި އޮފީހުގައި އޮންނާނެއެވެ. އަދި އަންދާސީހިސާބު ކެނޑުމުގެ ބައްދަލުވުމަށް އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގެންނެވޭނަމަ، ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޞަފަރު 1438

29 ނޮވެންބަރު 2016
ހޯދާ