މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކޮންޓްރެކް އުސޫލުން މަސައްކަތްކުރާނެ މީހުން ހޯދުން

އިޢުލާން

މީހުން ހޯދުން

މިކުންފުނީގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އޮޕަރޭޝަންސްގެ މަސައްކަތްތަކެއް ކުރުމަށް ކޮންޓްރެކްޓް އުސޫލުން މީހުން ގެންގުޅެން ބޭނުންވެއެވެ.

އުޖޫރަ

-/200 ރުފިޔާ ދުވާލަކަށް (8 ގަޑިއިރު)

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޝަރުޠު

  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް (ވަރޑް، އެކްސެލް) ބޭނުން ކުރަން އެނގުން.

ނޯޓް:

  • ކޮލެޖާއި، ޔުނިވަރސިޓީފައި އުޅުއްވާ ފަރާތްތަކަށްވެސް މި ފުރުޞަތު ފަހިކޮށްދެވިދާނެއެވެ.
  • އުމުރުން 18 އަހަރު ނުފުރޭ ފަރާތެއްނަމަ ބެލެނިވެރިޔާގެ ލިޔުމެއް ހުށަހަޅުއްވަން ޖެހޭނެއެވެ.  

ހުށަހަޅަންޖެހޭ ލިޔުންތައް:

   މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްރަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2016 ޑިސެންބަރު 08 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި " ކޮންޓްރެކްޓް  އުސޫލުން މަސައްކަތް ކުރުމަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހި ރާއްޖެ

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009273 ނަންބަރު ފޯނަށް ނުވަތަ 3009272 ނަންބަރު ފޯނަށް ނުވަތަ 300271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

01 ރަބީޢުލްއައްވަލް 1438

 

 

03 ޑިސެންބަރު 2016
ހޯދާ