ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހއ.ތުރާކުނުގައި ބަށިކޯޓު ހެދުމުގެ މަޝްރޫޢު

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު: (IUL)244-CAA/244/2016/57 (13 ނޮވެންބަރު 2016) އިޢުލާނުގައި މަޢުލޫމާތުގެ ކުށެއް އުޅޭތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 13 ވާ އަންގާރަދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 13:00 އަށް މި އިދާރާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު: 18/2014 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ނަންބަރު: 19/2014 ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 ޑިސެންބަރު 18 ވާ އާދީއްތަދުވަހުގެ 13:00 ގައި މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއެކު ސިޓީއެއް ހިފައިގެން ހާޒިރުވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ޞަފަރު 1438

28 ނޮވެންބަރު 2016
ހޯދާ