ދިވެހިރާއްޖެ
އިޢުލާން
ދަނބިދޫ ސްކޫލް މަރާމާތު ކުރުމާބެހޭ
ދަނބިދޫ ސްކޫލުގައި ކުރުމަށްހުރި ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދަނބިދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- ޕާޓިޝަން މަރާމާތުކުރުން
- ދޮރުތައް މަރާމާތުކުރުން
- ސްކޫލް އިމާރާތުގެ ކަރަންޓް ވަޔަރިންގ
- ފެންހަންތައް މަރާމާތުކުރުން / ދިޔަދޮވި މަރާމާތުކުރުން
- ކްލާސްރޫމުގެ ފަންކާތައް ބަދަލުކުރުން
- ފާޚާނާ މަރާމާތުކުރުން
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ 13:00 ގައި ދަނބިދޫ ސްކޫލް |
2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 13:00 ގައި ދަނބިދޫ ސްކޫލް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެންމެ އަންދާސީހިސާބެކެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800740 އަށް ގުޅުއްވުމަށް ދަންނަވަމެވެ.