މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެނަރޖީ އެފިޝެންސީގެ ނަމޫނާ ޢިމާރާތެއް ކަނޑައެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އެނަރޖީ އެފިޝެންސީގެ ނަމޫނާ އިމާރާތެއް ކަނޑައެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުއަކީ މި މިނިސްޓްރީއާއި، އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، ޢިމާރާތްތަކުން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި، ތިމާވެށްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.

ދިވެހިރާއްޖޭގެ އިމާރާތް ކުރުމާބެހޭ ޞިނާޢަތް އިތުރަށް ހަރުދަނާކުރުމަށް އެނަރޖީ އެފިޝެންޓް ޓެކްނޮލޮޖީތަކާއި ޑިޒައިންތައް އިތުރުކޮށް، އިމާރާތްތަކުން ހަކަތަ އިސްރާފުވާ މިންވަރު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުގެ ނަމޫނާ ޢިމާރާތެއް ގާއިމުކުރުމަށް ސަރުކާރުގެ ހޮވާލެވޭ ޢިމާރާތްތަކެއް އެސެސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިގޮތުން އެނަރޖީ އެފިޝަންސީގެ ނަމޫނާ ޢިމާރާތެއް ކަނޑައެޅުމަށް ސަރުކާރުގެ ހޮވާލެވޭ ޢިމާރާތްތަކެއް އެސެސްކޮށްދޭނެ ފަރާތެއް ހޯދުމަށް 2016 ނޮވެންބަރު 12 ގައި ކުރެވުނު ނަންބަރު: IUL)438-CCS/438/2016/265) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް ޝައުޤުވެރިކަން ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް، ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2016 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

" އެނަރޖީ އެފިޝެންސީގެ ނަމޫނާ އިމާރާތެއް ކަނޑައެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު ނަންބަރު:IUL)438-CCS/438/2016/274)" 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

29 ނޮވެންބަރު 2016
ހޯދާ