ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ބައެއް ކްލާސްރޫމުގައިހުރި ތަކެތި އެހެން ތަނަކަށް ބަދަލުކުރުމަށް

އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ބައެއް ކްލާސްރޫމުގައިހުރި ތަކެތި އެހެން ތަނަކަށް ބަދަލުކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 4 ވާ އާދީއްތަދުވަހުގެ ހެނދުނު 10:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 7 ވާ ބުދަދުވަހުގެ ހެނދުނު 10:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

29 ނޮވެންބަރު 2016
ހޯދާ