އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން

އިޢުލާން

އަންދާސީހިސާބު ހޯދުން:

މި ސްކޫލްގެ މިދަންނަވާ މަސައްކަތްތައް ކުރަން ބޭނުންވެގެން ކުރެވުނު ނަންބަރު GS41-IUL/2016/20 އިޢުލާނާ ގުޅިގެން ހުށަހެޅުނު ބިޑް ތަކުގެ ތެރެއިން ޞައްޙަ 3 ބިޑް ހަމައަށް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. 

  1. ކްލާސްރޫމްތަކުގެ ފަންކާ ބަދަލުކުރުން.
  2. ސައިންސް ލެބްގެ ކެމިކަލް ސްޓޯރ މަރާމާތުކުރުން.

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 05 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 12 ވާ ހޯމަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

29  ޞަފަރު  1438

29 ނޮވެންބަރު 2016
ހޯދާ