ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިއިދާރާގެ ނަންބަރު (IUL)251-MS/251/2016/104 (8 ނޮވެންބަރު 2016) ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައިނުވާތީ، ދިއްދޫގައި ޤާއިމުކުރާ ޤައުމީ ޔުނިވަރސިޓީގެ އައުޓްރީޗް ސެންޓަރުގެ ޢިމާރާތުގައި މިހާރު ނުނިމިހުރި މަސައްކަތްކޮށް ނިންމުމަށާއި، ހއ. ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލުގައި ކުލައާއި ދަވާދުލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 13:00 އަށް މި ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޑިސެންބަރު 14 ވާ ބުދަދުވަހުގެ 13:00 އަށް މި ކައުންސިލް އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ބިޑްހުށަހެޅުއްވުމަށް ގަޑިއަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރިއެއްނުވެވޭނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވިޔަސް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވާ ފަރާތެއްކަން އެނގޭނެ ލިޔުމެއް ގެންނެވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

27 ޞަފަރު 1438

27 ނޮވެންބަރު 2016
ހޯދާ