މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ލ.ގަން މުކުރިމަގަށް ޕޯސްޓްގެ ޚިދުމަތް ދެއްްވާނެ އެޖެންޓެއް ހޯދުން

އިޢުލާން

ޕޯސްޓްގެ ޚިދުމަތްދޭނެ އެޖެންޓެއް ހޯދުމާބެހޭ

މޯލްޑިވްސް ޕޯސްޓުގެ ފަރާތުން ތިރީގައިމިވާ ޚިދުމަތްތައް ލ.ގަން (މުކުރިމަގު) އަށް ދޭނެ އޭޖެންޓެއް ބޭނުންވެއެވެ.

1. ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލް ފަދަ ތަކެތި ރައްދުކުރުން.

2. ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް ދިނުން.

3. ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށް ފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.

4. ޕޯސްޓް ކާރގޯގެ ގޮތުގައި ލިބޭ އަދި ފޮނުވާ މުދާ ހަވާލުވެ، ފޮނުވުމާއި، ރައްދުކޮށްދިނުން.

5. ސްޓޭމްޕް ވިއްކުން.

6. ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައި ދިނުން.

އެޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުޠުތައް.

- ވިޔަފާރި ކުރާ ނުވަތަ ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން. ނުވަތަ ރަށުގައި ޙަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވުން.

- ބޭންކް އެކައުންޓެއް އޮންނަ ފަރާތެއްކަމުގައިވުން

- ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ.

މަހަކު -/500 - (އޭޖެންސީ އުޖޫރަ)

އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި.

1.ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގަ ހުށަހެޅުއްވުން.

2.ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީއާއި ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. ކްލަބް، ޖަމްޢިއްޔާ، ކުންފުންޏެއްނަމަ: ރަޖިސްޓްރީ ކޮޕީއާއި ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ވީމާ މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 15:00 ގެ ކުރިން ސިޓީފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ސިޓީއުރައިގެ ބޭރުގައި "އެޖެންޓް ކަމަށް އެދި" މިހެން ޖައްސަވަންވާނެއެވެ. މާލެއިން ނަމަ ސިޓީ ހުށަހަޅުއްވާނީ ޕޯސްޓް ބިލްޑިން ގެ 3 ވަނަ ފްލޯރގެ އެޑްމިން ސެކްޝަންއަށެވެ. އަދި އަތޮޅު ތެރެއިން ނަމަ މި ކުންފުނީގެ ފެކްސް ނަންބަރު 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކުންފުނީގެ ފޯނު ނަންބަރު 3009159  އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.

28 ޞަފަރު 1438

29 ނޮވެންބަރު 2016
ހޯދާ