އިރުޝާދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ބައެއް ތަންތަން މަރާމާތުކުރަން ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ހޯދުން:

މި ސްކޫލްގެ މިދަންނަވާ މަސައްކަތްތައް ކުރަން ބޭނުންވެގެން ކުރެވުނު ނަންބަރު GS41-IUL/2016/18 އިޢުލާނާ ގުޅިގެން ހުށަހެޅުނު ބިޑުތަކުގެ ތެރެއިން ޞައްޙަ 3 ބިޑް ހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. 

  1. ހޯލްގެ ދޮރުތަކުގެ ތަޅާއި ތަންޑު ބަދަލުކުރުން.
  2. ލައިބްރަރީގެ ދޮރުފަތް ނައްޓައި އެލްމިނިއަމް ދޮރުފަތެއް ހަރުކުރުން.
  3. ސްޓާފްރޫމްގައި އެލްމިނިއަމް 2 ދޮރުފަތް ހަރުކުރުން.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޑިސެންބަރު 05 ވާ ހޯމަދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެންބަރު 08 ވާ ބުރާސްފަތިދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

29 ޞަފަރު 1438

29 ނޮވެންބަރު 2016
ހޯދާ