ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ޕްރިންޓްރޫމުގެ ތެރޭގައި ފާޓިޝަނެއް ޖަހައި ހެލްތުރޫމެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި މަދަރުސާގެ ޕްރިންޓްރޫމުގެ ތެރޭގައި ފާޓިޝަނެއް ޖަހައި ހެލްތްރޫމެއް އަމިއްލަ ތަކެތީގައި ހަދައިދޭނޭ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާން ކުރުމުންވެސް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ ތިން ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.  

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 11:00 ގައި މި މަދަރުސާގައި އޮންނަ މިކަމަށްޓަކައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުން އެދެމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ، އެބައްދަލުވުން ނިމުމުގެ ކުރިން އެބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް އެކަންޏެވެ. އަދި މިމަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން 2016 ޑިސެންބަރު 18 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ނަމުގައިވާ (ބަރާބަރު 11:00 އަށް ހާޒިރުވި ފަރާތްތަކުގެ) ބިޑުތައް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި ބިޑް ބަލައިގަތުމުގެ ބައްދަލުވުމުގައި، އެއް ފަރާތަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ. ބަދަލުގައި މީހަކު ބައިވެރިކުރާނަމަ އެކަން އެނގޭގޮތަށް އޮތް ސިޓީއެއް ހުށަހަޅަންވާނެއެވެ.

މާކްސް ދެވޭ ކުރައިޓީރިއާ

މާކްސް ދެވޭގޮތް

    ތަފުސީލު

ފޯމިއުލަރ

އަގު

65%

ހުށަހެޅިފައިވާ އެންމެ ކުޑަ އަގު

އަންދާސީހިސާބު ހުށަހެޅި އެންމެ ކުޑަ އަގު /ހުށަހެޅި އަގު

ތަޖުރިބާ

5%

ފަންނީގޮތުން ޤާބިލުކަންހުރި މިންވަރު

މަސައްކަތާ ގުޅޭގޮތުން ހާސިލުކޮށްފައިވާ ކޮންމެ ލިޔުމަކަށް 2 ޕޮއިންޓް/ޕޮއިންޓް ދޭނީ ގިނަވެގެން 3 މަސައްކަތަށް

މުއްދަތު

25%

މަސައްކަތް ކުރުމުގެ އެންމެ ކުރު މުއްދަތު

އަންދާސީހިސާބުގައި ހުށަހެޅި އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު

ގާބިލްކަން

5%

ބީލަމާއެކު ހުށަހެޅި ބޭންކް ސްޓޭޓްމަންޓާއި ބޭންކް ގެރެންޓީ ކްރެޑިޓް ފެސިލިޓީ ފަދަ ލިޔުންތަކުން ދަލީލުކޮށްދޭ ފައިސާގެ ޖުމުލަ އަދަދު

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް

‏28‏ ޞަފަރު‏ 1438

28 ނޮވެންބަރު 2016
ހޯދާ