ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ފޮޓޯކޮޕީމެޝިނެއް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް

ހައިކޯޓަށް ފޮޓޯކޮޕީމެޝިނެއް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި

ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭނުންކުރާ Toshiba (E-Studio 306SE) ފޮޓޯކޮޕީމެޝިން، 2 އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ޑިސެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) މިކޯޓުގެ މީޓިންގރޫމް 1 އަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/74.bid_info._sheet_-_photocopy_machine_(registration).pdf އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

28 ޞަފަރު 1438

28 ނޮވެންބަރު 2016
ހޯދާ