ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ޑޭޓާ އެންޓްރީ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޑޭޓާ އެންޓްރީ (ވަގުތީ)

މަޤާމް:

ގަޑިއެއްގެއިރަށް 37/50 ރުފިޔާ (ތިރީސް ހަތްރުފިޔާ ފަންސާސް ލާރި)

މުސާރަ:

ދުވާލަކު 6 ގަޑިއިރު (ހެނދުނު 8:00 އިން 14:00 އަށް)   

މަސައްކަތު ގަޑި:

7 (ހަތެއް)

ބޭނުންވާ އަދަދު:

6 (ހައެއް) މަސްދުވަސް

މަސައްކަތުގެ މުއްދަތު:

ސްޓެޓިސްޓިކަލް ސަރވޭޒް އެންޑް ޑޭޓާ ޕްރޮސެސިންގ

ބޭނުންވާ ސެކްޝަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް / މާލެ

މަސައްކަތް ކުރަންޖެހޭ ތަނާއި ރަށް:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމުގެ ޝަރުޠު:

1. ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭގެ މަސައްކަތްކުރުން.

2. މާލެއާއި އަތޮޅުގައި އިނިއުމަރޭޓަރުން ތަމްރީންކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

3. ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭކުރުމަށްޓަކައި ރަށްރަށަށް ފޮނުވަންޖެހޭ ތަކެތީގެ ލިސްޓްތައް ތައްޔާރުކުރުމާއި، ޕެކިންގެ މަސައްކަތްކުރުން.

4. ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭގެ މަޢުލޫމާތުތައް ކޯޑުކުރުމާއި، ކޮމްޕިއުޓަރަށްލުމުގެ މަސައްކަތްކުރުން.

5. ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސާރވޭއާ ގުޅިގެން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.

 

 

ކުރަންޖެހޭ މަސައްކަތް:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއު، މި އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަވިއުކުރުމާއި އިމްތިޙާން ކުރުން:

- ކޮމްޕިއުޓަރުގެ ކީބޯޑަށް ފަރިތަވުން.

- ޑޭޓާ އެންޓްރީގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

- ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަމާއި، ފަންނީ ޤާބިލްކަން ހުރި މިންވަރު.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން ފޯމު، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރިޑެޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓު އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު.

8. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

ހުށަހަޅަންޖެހޭ ލިޔުންތައް:

2016 ޑިސެންބަރު 12 ވާ ހޯމަދުވަހުގެ 14:00

ސުންގަޑި:

- ވަޒީފާއަށް އެދޭ ފޯމު، ސޯޝަލް ސެންޓަރުގެ ކުރިމަތީގައި ހުންނަ، ވަޤްފު ބިލްޑިންގުގެ 9 ވަނަ ފަންގިފިލަޔަށް ހުށަހެޅުން އެދެމެވެ.

- ވަޒީފާއަށް  އެދޭ  ފޯމާއި،  ވަޒީފާއަށް  އެދި  ހުށަހަޅާ  ލިޔުންތައް  ލިބުނުކަން  ކަށަވަރުކުރާ  ފޯމު،  މި  ބިއުރޯއިން  ލިބެން ހުންނާނެއެވެ. އަދި މި ބިއުރޯގެ http://statisticsmaldives.gov.mv ގެ ވެބްސައިޓުން މި ފޯމުތައް ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. 

- މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3008407 ނަންބަރު ފޯނަށެވެ.  

އިތުރު މަޢުލޫމާތު:

28 ޞަފަރު 1438
28 ނޮވެންބަރު 2016
ހޯދާ